ރައީސްގެ ފޯން ކޯލުން އުއްމީދުތައް އާވެއްޖެ: ޒުވާން މަސްވެރިޔާ

ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކުން އުންމީދު އާވެފައިވާ ކަމަށް އުމުރުން 22 އަހަރުގެ ހަސަން ސާޖިން ބުނެފިއެވެ.

އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅިގެން 'ޒުވާން މަސްވެރިޔާގެ' ގެ ނަމުގައި މަޝްހޫރު ސާޖިނަ ކުރި ޓްވީޓެއްގައި ބުނީ، އިއްޔެ އެންމެ ބޭނުންވީ ރައީސް ޞާލިހް އާއި ވާހަކަދައްކާލައި، ހިތުގައި ހިނގަމުންދިޔަ ޝުއޫރިތައް ހިއްސާކޮށްލަން ކަމަށެވެ.

އޭނާ ބުނީ ރައީސް ޞާލިހް ފޯނުން ގުޅުއްވުމަށްފަހު ވަރަށް ގިނަ އިރުވަންދެން ވާހަކަދެއްކެވި ކަމަށާއި، ރައީސް އާއި ވާހަކަދައްކާލައި ހިތުގައި ހުރި ޝުއޫރުތައް ހިއްސާ ކޮށްލަން ފުރުސަތު ލިބުމުން އުންމީދު އާވެފައިވާ ކަމަށެވެ.

އެގޮތުން، އުމުރުން ގއ.ގެމަނަފުށީ އަަށް އުފަން ސާޖިން އަށް ރައީސް ޞާލިހް އިއްޔެ ގުޅުއްވީ އޭނާ ަކުރި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓްގައި އޭނާ ވަނީ މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އޭނާ އުޅޭތާ މިހާރު 6 އަހަރު ވެއްޖެކަން ފާހަގަކޮށް ރައީސް ޞާލިހް އާއި ވާހަކަދައްކާލައި ޝުއޫރުތައް ހިއްސާކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ