މަނަފަރު ރިޒޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަނަފަރު ރިޒޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށީ ފަޔާރ ސްޓޭޝަންގެ ބޭފުޅުން މިހާރު ދަނީ މަނަފަރުގައި ޙަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ރޭ ފަތިހު 04:35 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަލިފާންގަނޑު ރޯވެފައިވަނީ އެރިޒޯޓުގެ އިންޖީނު ގޭގައެވެ. އަދި ރޯވި އެ އަލިފާންގަނޑު މިހާރުވަނީ ނިއްވާލާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވަނީ 05:45 އެހާކަންހާއިރުކަމަށެވެ.

އަދި މިހާދިސާގައި އިތުރު ތަފްޞީލެއް ލިބިފައިނުވާއިރު، މީހަކަށް އަނިޔާވެފައިވާކަންވެސް ނުވަތަ ނޫންކަންވެސް އަދި ސާފެއް ނުވެއެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ