ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި އާ އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ އުފެއްދެވި އެ އިދާރާ ހިނގާނީ އެންވައިރޮމެންޓް މިނިސްޓްރީގެ ދަށުންނެވެ. އެ އިދާރާ އުދެއްދެވުމާއި ގުޅިގެން ވަނީ، އެންވަޔަރަންމަންޓް މިނިސްޓްރީން ހިނގަމުންއައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން ވަނީ އުވައިލާފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ އަކުރު (ހ) ގެ ދަށުން އުފައްދަން ލާޒިމުކުރާ އިދާރާއެކެވެ.



