ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ ތަނެއްގެ ގޮތުގައި ކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހަސަން މަނިކްގެ ޕާސްޕޯޓް ހިފެހެއްޓި ހަބަރު ހިއްސާ ކޮށް ކުރި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ދެ އަހަރު ދުވަސް ވީއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯދީ ކޮން ކަމެއްތޯ އަހައި ސުވާލު އުފައްދައިފައެވެ.
ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއް؟ އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް! pic.twitter.com/3GlHr1X0r2
— Mohamed Jameel Ahmed (@MJameelAhmed) December 16, 2020
އެގޮތުން ޑރ ޖަމީލް ވަނީ އެސްއޯއެފް މެދުވެރިކޮށް އެ ހިޔާނާތުގެ ޖަރީމާ ހިންގި ދެމީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ ވެސް އަހައި ސުވާލު ކުރައްވާފައެވެ. ޖަމީލު ވިދާޅުވީ ފެންނިވަޑައިގަންނަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާ ވަކި ބަޔަކަށް އަމާޒު ކުރައްވާތަން ކަމަށެވެ.




