މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއާއި ހަވާލުކުރަނީ؟

ލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީ އާއި ހަވާލުކުރަން ސަރުކާރުން ވިސްނަން ފަށައިފިއެވެ.

އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، އެމްޓީސީސީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމަށާ އެ ކުންފުންޏާއި ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދެމުންދަނީ އެމްޕީއެލްގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ