އުރީދޫ މޯލްޑިވްސް އިން މާލެއަށް 5ޖީ ގެ ހިދުމަތް ތާރަފްކޮށްފިއެވެ.
5ޖީ ގެ ހިދުމަތް މާލެއަށް ތާރަފްކޮށްފައިވަނީ މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިއަދު ކުރިއަށްދިޔަ މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީ ނަޖީބްހާން ވިދާޅުވީ، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
5ޖީގެ ހިދުމަތަކީ 4ޖީ އަށްވުރެ 10 ގުނަ އަވަސް ޓެކްނޮލަޖީ އެކެވެ. ފަހުން ނެރޭ ގިނަ ޓެކްނޮލަޖީގެ ވަސީލަތްތައް ނެރެމުން މިހާރު އަންނަނީ 5ޖީ އަށް އަމާޒުކޮށްކަން ފާހަގަކޮށްލެވެއެވެ.
ނަޖީބް ހާން މިއަދު ވިދާޅުވީ، މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު މި ހިދުމަތް ލިބޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މި ހިދުމަތް ލިބޭނެ އިތުރު ޑިވައިސްތައް ތައާރަފު ކުރާނެ ކަމަށެވެ.



