އިގްތިސާދު ކޮޅަށް ޖެހުމަށް އަލުން ކުރާ މަސައްކަތުގަ، އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ މަސްވެރިކަމަށް: ރައީސް ޞާލިހް

ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ފަހު ދިވެހިރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށެވެ.

ރައީސް ޞާލިން ވަނީ މިވަގުތަކީ މަސްވެރިކަމުގެ ވިޔަފާރިއަށް ސަރުކާރު ނިކުމެ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އެމަނިކުފާނަށް ގަބޫލުނުކުރޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޞާލިހް މަސްވެރިންނާއި ގުޅޭގޮތުން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި މަސްވެރިން ވަނީ ސަރުކާރަށް އަދި ރައީސް ޞާލިހް އަށް އެމީހުންގެ ޝަކުވާތައް އަޑުއިއްވުމަށް ކަމަށްބުނެ މުޒާހަރާވެސް ކޮށްފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ، މިފްކޯގެ 14 އަހަރުގެ ތާރީހުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ