ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް, ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ދެއްވައިފިއެވެ.

 

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި ހިތްވަރު ދިނުމުގެ ގައުމީ އިނުމަށް ދެއްވާފައިވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:އަލްފާޟިލް މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު)، މއ. ކޮޕީގެ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:އަލްމަރްޙޫމް އަލްއުސްތާޛު މުޙައްމަދު ވަޙީދުގެ ހަނދާނަށް

4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:އަލްފާޟިލް އިބްރާހީމް ވަޙީދު، ގ. ކަލާވެހި

5. ޞިއްޙީ ދާއިރާއިން:ޑޮކްޓަރ ނާއިލާ އިބްރާހީމް މުޙައްމަދުދީދީ، ގ. ފެއިތު

6. މަސްވެރިކަމުގެ ދާއިރާއިން:އަލްފާޟިލް ޢަދުނާން ޢަލީ، ގ. އާސަމް

7. ފަތުރުވެރިކަމުގެ ދާއިރާއިން:އަލްފާޟިލް އަޙްމަދު ސަލީމް، ހ. ގަދަމޫ

8. ދަނޑުވެރިކަމުގެ ދާއިރާއިން:އަލްފާޟިލް މުޙައްމަދު ވަޙީދު، އައްސޭރި، ށ. މަރޮށި

9. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން:އަލްފާޟިލާ މަރްޔަމް ވަޙީދާ، ހ. ދުނި

10. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން:އަލްފާޟިލާ މުއުމިނާ އިބްރާހީމް، ހ. ނޫމާގެ

11. ކުޅިވަރުގެ ދާއިރާއިން:އަލްފާޟިލް މުޙައްމަދު ސަޢީދު، ކުދިމާ، ގދ. ތިނަދޫ

12. ކުޅިވަރުގެ ދާއިރާއިން:އަލްފާޟިލް ޙުސައިން ރަޝީދު ޙަސަން، ގ. ހުދުރުވާގެ

13. ކުޅިވަރުގެ ދާއިރާއިން:އަލްފާޟިލް އަޙްމަދު ލަޠީފް، ހ. ސީވީޑް

14. ވިޜުއަލް އާޓްސްގެ ދާއިރާއިން:އަލްފާޟިލް މުޙައްމަދު މަނިކު، ހ. ވަވޮއި

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 24 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:އަލްޤާރީ މަޢުޞޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ

2. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:އައްޝައިޚު ޝަރަފުއްދީން ޢަލީ، ފަލާހީ، ރ. އަލިފުށި

3. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:އަލްޤާރީ ޢަބްދުﷲ ޢިމާދު، ގ. ޒަމާނީޤުލްޝަން

4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:ޑޮކްޓަރ ސަޢުދުﷲ ޢަލީ، އެއްގަމުގެ، ބ. ކެންދޫ

5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް، ރޭނިގެ، ނ. ކުޑަފަރި

6. ޤައުމީ ތަރިކައިގެ ދާއިރާއިން؛ ޤައުމީ ތަރިކަ ރައްކައުތެރިކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ޠާރިޤު، ރަތްވިލާގެ، ނ. މަނަދޫ

7. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:އަލްފާޟިލް ޙަސަން މުޙައްމަދު، މއ. މާވަރު

8. ޞިއްޙީ ދާއިރާއިން؛ އާންމު ޞިއްޙަތު ކުރިއެރުވުމާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:ޑޮކްޓަރ ޖުމޭލާ ބޭގަމް، ގ. ނިލަންދޫ

9. ޞިއްޙީ ދާއިރާއިން؛ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:ޑޮކްޓަރ މުޙައްމަދު ޞާލިޙް، ކުއްޅަވައްގެ، ސ. ހުޅުދޫ

10. ޞިއްޙީ ދާއިރާއިން؛ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:ޑޮކްޓަރ މުޙައްމަދު ޝާފިޢު، މ. ޕޯލްސްޓާރ

11. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:އަލްފާޟިލް މަޢީދު މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް

12. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:އަލްފާޟިލް ސަޢުދުﷲ ޙިލްމީ، ފަތިސް، ގދ. ތިނަދޫ

13. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު މާޒިން، ވ. ނޯޗާންސް

14. ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ފެހުމާއި ޖަރީކުރުމުގެ ރޮނގުން:އަލްފާޟިލް ޙަސަން ޙުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ

15. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލާ ޝީޒާ ޢިމާދު، މ. ވޭލްޝާރކް

16. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން:އަލްފާޟިލް ޢަލީ ސަމްޢާން، ފެހިވިލާގެ، ހއ. ކެލާ

17. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:އަލްފާޟިލް ޢަލީ ޚުޝްރުވާން އަޙްމަދު، ހ. މާކަރީހައުސް

18. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:އަލްފާޟިލް ޢަބްދުﷲ ޢަރީފް، ނެދުންގެ، ރ. ރަސްމާދޫ

19. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:އަލްފާޟިލް އިބްރާހީމް ޙުސައިން، ގ. އޮއިވާލި

20. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލް ޝުޖާޢު ސަލީމް، ހ. ރުމޭނިޔާ

21. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލް ޔޫސުފް ޢަޡީމް، ހ. ފެއަރީޕެލަސް

22. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން:އަލްފާޟިލް ޢަލީ ނިޝާން، ގ. ކޫލްގްރާސް

23. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން:އަލްފާޟިލް ޙުސައިން އިޙްފާލް އަޙްމަދު، ހ. ފްލޭޝް

24. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން:އަލްއުސްތާޛު ޢަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ