ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޗެންޕިއަންޝިޕް 2020 މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފަޞޭޙަކަމާއެކު ކްލަބު ސްޓެޓިކް ބަލިކޮށް އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ (އައިބާ) އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަޖުފާން އެކަޑެމީންވަނީ ކްލަބު ސްޓެޓިކްއާއި ދެކޮޅަށް ކުޅުނު މެޗުގެ 7 ގޭމްސްވެސް ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން 6 ގޭމްސް އަޖުފާން އެކަޑެމީން ކާމިޔާބުކޮށްފައިވަނީ ކްލަބު ސްޓެޓިކަށް އެންމެ ސެޓެއްވެސް ނުދީއެވެ.
އެގޮތުން ފުރަތަމަ މެންސް ޑަބަލްސް ގޭމްގައި އަޖުފާން އެކަޑެމީގެ ކޯޗު، މުހައްމަދު އަޖުފާނާއި ޔޫސުފް ނިޔާޒުގެ ޕެއާއިންވަނީ ކްލަބު ސްޓެޓިކްގެ އަޙްމަދު އިމާންއާއި އަޙްމަދު ރައުފްގެ ޕެއާ ދެސެޓުން ބަލިކޮށްފައެވެ. އެއީ 15/9 އަދި 15/10 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ވިމަންސް ޑަބަލްސް ގޭމްގައި އަޖުފާން އެކަޑެމީގެ އައިޝަތު އަފްނާންއާއި ބްރިލޭ އޭން ޕެއާއާއި އައިޝަތު ޝަރީފްއާއި ޝަފަތު އަޙްމަދުގެ ޕެއާ ބައްދަލުކޮށްފައިވާއިރު މިގޭމްސްވެސް އަޖުފާން އެކަޑެމީން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެދެސެޓްގެ ނަތީޖާއަކީ 15/10 އަދި 15/9 ކެވެ.
ފުރަތަމަ މިކްސްޑް ޑަބަލްސް ގޭމްސް އަޖުފާން އެކަޑެމީން ކާމިޔާބުކޮށްފައިވަނީ 15/6 އަދި 15/5 ގެެ ނަތީޖާއަކުން ދެސެޓް ކާމިޔާބުކޮށްގެންނެވެ. ދެވަނަ މެންސް ޑަބަލްސް 15/8 15/12 އިން އަޖުފާން އެކަޑެމީން ކާމިޔާބުކުރިއިރު، ދެވަނަ ވިމަންސް ޑަބަލްސް ގޭމްސްގައި އަޖުފާން އެކަޑެމީގެ މާޝާ ރަޝީދާއި ބްރިލޭ އޭން ޕެއާއިންވަނީ ލީނާ ހަމީދާއި މަލީހާ ޖަމާލުގެ ޕެއާ 15/8 އަދި 15/5 އިން ބަލިކޮށްފައެވެ.
ދެވަނަ މިކްސްޑް ޑަބަލްސް ގޭމްސްގައި ކޯޗު މުޙައްމަދު އަޖުފާންއާއި ޙަޝްމާ ޙަމީދުގެ ޕެއާ ކްލަބު ސްޓެޓިކްގެ ޢަބްދުﷲ ޒުހުރީއާއި އައިޝަތު ޝަރީފްގެ ޕެއާ ބަލިކޮށްފައިވަނީ 15/10 އަދި 15/8 ގެ ނަތީޖާކުންނެވެ.
ތިންވަނަ މެންސް ޑަބަލްސް ގޭމްސްގެ ފުރަތަމަ ސެޓް 15/11 އިން އަޖުފާން އެކަޑެމީން ކާމިޔާބުކުރިނަމަވެސް ކްލަބު ސްޓެޓިކުންވަނީ 12/15 އިން ދެވަނަ ސެޓް ކާމިޔާބުކޮށް ގޭމްގެ ފޯރި އިތުރަށް ގަދަކޮށްފައެވެ. ނަމަވެސް ފަހު ސެޓުގައި 11/10 ގެ ނަތީޖާއަކުން ކްލަބު ސްޓެޓިކްގެ މައްޗަށް ކުރި ހޯދައި އެގޭމްސްވެސް އަޖުފާން އެކަޑެމީންވަނީ ކާމިޔާބުކޮށްފައެވެ.
މިނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލަށް އަޖުފާން އެކަޑެމީން ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ ދެވަނައިގެ ގޮތުގައެވެ. އަދި ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ފުރަތަމަ ޑިވިޝަން ޗެމްޕިއަން ރިވައިވަލް ސްޕޯޓްސްއާއެވެ.
ސެމީ ފައިނަލްގައި ބައްދަލުކުރާ ރިވައިވަލް ސްޕޯޓްސްއަކީ ކުރިން ޤައުމީޓީމަށް ކުޅެ ރިޓަޔާރކޮށްފައި ހުރި ކުޅުންތެރިންނާއި މިހާރު ޤައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ހިމެނޭ ޓީމަކަށްވާއިރު، އަޖުފާން އެކަޑެމީން އެޓީމާއި ދެކޮޅަށް ނުކުންނަނީ ޤައުމީ ޓީމުގައި ހިމެނޭ އެންމެ ދެ ކުޅުންތެރިންނާއެކުގައެވެ.
އެހެންނަމަވެސް އަޖުފާން އެކަޑެމީން މިމުބާރާތުގައި ވާދަކުރާ ކުޅުންޔެރިންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ކަމަށާއި، ކޯޓުން އެކުޅުންތެރިން އެކަން ސާބިތުކޮށްދެމުން އަންނައިރު، ކުރިއަށް އޮތް ސެމީފައިނަލްގައި އެއްވެސް ޕްރެޝަރެއް ނެތްކަމަށް އަޖުފާން އެކަޑަމީގެ މެނޭޖަރު ތޮލްޙަތު ވަނީ ވިދާޅުވެފައެވެ.





3 Responses
ބީ އޭ އެމް އަކީ ޕެރެލައިޒް ވެފަ އޮތްތަނެއް އެއްޕެއާ އެއް ދެފަހަރު ކުޅޭއިރު ރޭކާ ނުލާ ރެފުރީ ތަޅާލީމަ ކާޑުދައްކަން ނުކެރޭ ..އެހެންތާ ވާނީ ރެފްރީން ވެސް މިތިބެނީ ކޮންމެވެސް ޓީމަކާ އެޓެޗްވެފަ !
ތިއާ ކަހަލަ ކަންތައް ކުރާނީ ނުކުޅެދޭ ޓީމުތަކުން އޮތަ؟
މާލެ ސަހަރައްދަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްގަ ހދ ނޮލިވަރަން ގަ އުޅޭ މީހަކު ލައްވާ ކުލުވުމަކީ ހިތާމަ ހުރިކަމެއް ބީއޭއެމްގެ ނުކުޅެދުންތެރިކަން ދައްކާދޭ ވެސް ކަމެއް