ރޭޑިއޯގެ ޚަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށް ގެންދަވާ: ރައީސް

ރޭޑިއޯގެ ޚަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

ދިވެހިރާއްޖޭގެ އަަޑުގެ 58 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ " ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ރޭޑިއޯއަށް ޚާއްޞަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ޚަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ލާމަރުކަޒުކުރުމުގެ ސިޔާސަތާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް ނިސްބަތްވާ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް ޙިއްޞާކުރެއްވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ