ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާރޗްމަހުގެ ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާރޗްމަހުގެ ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާއި ޙަވާލާދީ 'ވަގުތު' އޮންލައިންގައި ބުނެފައިވަނީ، އެޗްޕީއޭއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިނަކާއި ހަމައަަށް އިތުރު ކޮށްފައިވާކަމަށާއި، މާނައަކީ އީސީން އިއުލާނުކޮށްފައި އޮތް ހައެއް މާރޗްގައި އިންތިހާބެއް ނުބޭއްވޭނެކަމަށެވެ. އެއީ 30 ދުވަސް ތެރޭގައި އިންތިހާބަށް ތައްްޔާރުވެެގެން، އިންތިހާބުގައި ކުރަން ޖެހޭ، އަދި އޮންނަ ތަރީހަށް ބަލާފައި، ރީރަޖިސްޓްރޭޝަންއާއި ކަންކަން ބެލުމަށްފަހުގައި އެއްމަސް ތެރޭގައި އިންތިޚާބު ނުބޭއްވޭނެތީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި މިކަމާއި ގުޅިގެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
https://feshun.wonstasite.com/107670



