ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: ފޮޓޯ - ރައީސް އޮފީސް

ފެބްރުއަރީ 4 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މިއަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނީ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަންނަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވާފައިވާ ކަމަށެވެ.

ފެބްރުއަރީ 4 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވަނީ އެ ދުވަހަކީ ރައްޔިތުންގެ މަޖިލީސް ޗުއްޓީ ނިންމާލާފައި އައު ދައުރެއް ފަށައި ދުވަހަށް ވާތީއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ