މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އަލަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ކުރެވުނު ޖޯ ބައިޑަން ހުވާ ކުރަައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
އެގޮތުން ޓްރަމްޕު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖެނުއަރީ 20 ގައި އޮންނަ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެބޭފުޅާ ވަޑައިނުގަންނަވާނެ ކަމަށާއި، ގިނަ ބަޔަކު އެ ސުވާލު ކުރާތީ ޖަވާބު ދިނީ ކަމަށެވެ.
އެމެރިކާގެ ކެޕިޓަލް އަށް ވަދެގަނެ މުޅިތަން ލޫޓުވި މީހުނަށް ތައުރީފު ކުރައްވައި ޓްރަމްޕް ޓްވީޓް ކުރެއްވި ވީޑިއޯ މެސެޖަކާ ހެދި ޓްވިޓާއިން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް 12 ގަޑިއިރަށް ބަންދުވެސް ކުރިއެވެ. ޓްވީޓާއިން ބުނީ މިފަހަރު 12 ގަޑިއިރަށް އެކައުންޓް ބަންދުކުރި ނަމަވެސް، ގޮތްދޫނުކުރައްވައިފި ނަމަ ދާއިމަށް ވެސް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.
އެގޮތުން ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް އިމާރާތަށް ވަދެގަތީ އިލެކްޓޯރަލް ވޯޓާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީސް ފަށަން އުޅެނިކޮށެވެ. މިދިއަ އަހަރު ނޮވެމްބަރު ތިނެއްގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ޖޯ ބައިޑަން ކާމިޔާުބު ކުރެއްވި ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ ނަތީޖާ ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ.ް
ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތީއްސުރެ، ޓްރަމްޕް އުޅުއްވަނީ ކޮންމެވެސް ކަހަލަ ހަމަނުޖެހުމަކަށް ގޮވާލެއްވުމުގައެވެ.



