ޓުރަމްޕުގެ ކިބައިން ކޮވިޑް-19 ފެތުރުމުގެ ބިރުވެރިކަމެއް މިހާރު ނެއް: ޑޮކްޓަރުން

ކޮވިޑް-19 އަށް މިމަހުގެ ދެވަނަ ދުވަހު ޕޮޒިޓިވުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ކިބައިން މިބަލި އެހެން މީހުންނަށް ފެތުރުމުގެ ބިރުވެރިކަމެއް ނެއްކަމަށް ވައިޓްހައުސްގެ ޑޮކްޓަރު ހާމަކޮށްފިއެވެ.

ޓުރަމްޕު ބައްލަވަމުން ގެންދަވާ ވައިޓްހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ މިއަދު ނެރުނު މެމޯއެއްގައި ބުނެފައިވަނީ، ޓުރަމްޕުގެ އެންމެފަހުގެ ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން ޓުރަމްޕުގެ ގައިގައިވާ ކޮވިޑް-19ގެ ވައިރަސް ލޯޑް ދައްވެ އެ ބަލި ޓުރަމްޕުގެ ކިބައިން އެހެންމީހަކަށް ބަލި ފެތުރުމުގެ ބިރުވެރިކަން މިހާރު ނެއްކަމަށެވެ.

މިއީ މިދިޔަ ބުރާސްފަތި ދުވަހަށްފަހު ޓުރަމްޕުގެ ސިއްހީ ހަލަތާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދިން ފުރަތަމަ ފަހަރެވެ. ޓުރަމްޕުގެ ކިބައިން ކޮވިޑް-19 ދެން ނުފެތުރޭނެ ކަމަށް ޑޮކްޓަރު ބުނިނަމަވެސް ޓުރަމްޕް މިބައްޔަށް ނެގެޓިވުވެފައިވާކަން ޑޮކްޓަރު ހާމަކޮށްފައެއް ނުވެއެވެ.

ޓުރަމްޕުގެ ހާލަތު ރަނގަޅުވެ ބަލި އިތުރަށް ދެން ނުފެތުރޭނެކަން ޑޮކްޓަރު ހާމަކޮށްފައިވާއިރު ރޭ ޓުރަމްޕްވަނީ ވައިޓް ހައުސްގެ ބެލްކަންޏަށް ނުކުންނަވައި ސަޕޯޓަރުންނާއި މުޚާތަބް ކުރައްވައިފަ އެވެ. މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން އާއްމުންނަށް ޓްރަމްޕް ފެނުނު ފުރަތަމަ ފަހަރެވެ.

ޓުރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޓުރަމްޕްވަނީ ވޯލްޓާ ރީޑް މެޑިކަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ތިން ދުވަހު ފަރުވާ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ