މިއީ ދަރިވަރުންނަށް އުނގެނުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް - ރައީސުލްޖުމްހޫރިއްޔާ

ގިނަ ދުވަސްތަކަކަށްފަހު 2020 ވަނަ އަހަރުގެ ދެވަނަ ޓާމްއަށް ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވިގެންދާއިރު، މިއީ ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ އުއްމީދީކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށުމާގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވީ، ސްކޫލްތައް އަލުން ހުޅުވާލުންވެގެންދާނީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އައު ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެއްގެގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ