ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި ކާމިޔާބު ދެ ތަރިން ކަމަށްވާ ދިޕިކާ ޕަޑްކޯނު އަދި ރިތިކް ރޯޝަން އެކީގައި ފިލްމެއްގެ ލީޑްރޯލުން ފެނިގެންދިއުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. އެހެންކަމުން ރިތިކް މިވަނީ އޭނާގެ އުފަން ދުވަހާއި ގުޅުވައިގެން ސަޕޯޓަރުންނަށް ވަރަށް އުފާވެރި ހަބަރެއް ދީފައެވެ.
ރިތިކް ވަނީ ކުރިއަށް އޮތް އޭނާގެ ފިލްމު އިއުލާން ކޮށްފައެވެ. " ފައިޓަރ" ގެ ނަން ދީފައިވާ އެ ފިލްމުގެ ލީޑް ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ދިޕިކާއެވެ.
ސިދާތު އަނަންދު ޑައިރެކްޓްކުރާ "ފައިޓަރ" ވެގެންދާނީ ރިތިކް އަދި ދިޕިކާ ސްކްރީނުން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ރިތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ " ވާ" އިންނެވެ. ދިޕިކާ މިދުވަސްކޮޅު ދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ދަނީ މެގަރސްޓާ ޝާހްރުހްހާން އާއިއެކީގައިވެސް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.




