އަނުޝްކާ އަދި ވިރާޓް އަށް އަންހެން ކުއްޖެއް ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ މަޝްހޫރު އަދި މޮޅު ކްރިކެޓާ ވިރާޓް ކޮލީ އަށް އަންހެން ދަރިއެއް ލިބިއްޖެއެވެ.

ވިރާޓް އޭނާގެ އޮފިޝަލް ފޭސްބުކް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދަރު ވަގުތެއްގައި އަނުޝްކާ ވިހާފައިވާ ކަމަށާއި ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ. އަނުޝްކާ އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށްވެސް ވިރާޓް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގައި އަނުޝްކާ އަލަތު ދަރިއަށް ބަލިވެ އިންކަން އިއުލާން ކުރުންވީ ސޯޝަލް މީޑިއާއަށް ބޮޑު ޝޮކެއް ލިބުނު ކަމަކަށެވެ. އަނުޝްކާ އަދި ވިރާޓް ގެ ކައިވެންޏަކަށް ގިނަ ބަޔަކަށް ހުވަފެނީ ކައިވެންޏެކެވެ. އެހެންކަމުން އެދެމެފިރިންނަށް ދަރިއެއް ލިބެން އުޅޭ ކަމުގެ ހަބަރުވެސް ސަޕޯޓަރުންނަށް ވީ ވަރަށް އުފާވެރި ހަބަރަކަށެވެ.

ވިރާޓް އަނުޝްކާ އަށް އަންހެން ކުއްޖެއް ލިބުނު އުފާވެރި ހަަބަރު ހިއްސާ ކުރުމަށް ފަހު އެ ކުޑަކުޑަ އާއިލާގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރުމަށް އިންޑިއާގެ މީޑިއާތައް ކުރެން އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ