ޑރ.ޖަމީލް

ވެރިކަމާއި މަޖިލިސް ލިބުނީމަވެސް އައްޑޫއަށް ދިން އެއްޗެއް ނެތް: ޖަމީލް

ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އަށް ލިބުމުންވެސް އައްޑޫއަށް ދިން އެއްޗެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ މަތީ މަގާމުތަކުގައި ތިއްބެވި ބޮޑުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަގާމެއްވެސް އަދި އެމްޑީޕީގެ އެތެރޭގެ އެއްވެސް މަގާމެއްވެސް އައްޑޫ ރައްޔިތަކަށް ދޫނުކުރެއްވި ކަމަށެވެ. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީ ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫއަށް ލިބުނީ ވީރާނާ ކަމާއި ފްލައިން ސުކޫލް އެކަނި ކަމަށެވެ.

ޖަމީލް އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ނަމަވެސް، ރާއްޖެއަށް ހާއްސަކޮށް އައްޑޫ އެންމެ ލާރިއެއްވެސް ނުލިބޭ ކަމަށެވެ.

ކޮންމެ އިންތިހާބަކަށްވެސް އެމްޑީޕީ އިން ޖަހަނީ އެއް ލަވައެއްކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ، ވަޒީފާތަކާއި ޕާޓީގެ ހުރިހާ މަގާމުތަކެއް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އާއިލާ ބޭފުޅުންނަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ