46 ކައުންސިލަކަށް ފިޔަވަޅު އަޅަން އެލްޖީއޭއިން އަންގައިފި

46 ކައުންސިލަކަށް ފިޔަވަޅު އަޅަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙަށް އެޑްރެސްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސުން ރިވައިޒްކޮށްފައިވާ ބްލޮކް ގްރާންޓްގެ ސީލިންގއާ އެއްވަރަށް ލޯކަލް ކައުންސިލްތަކުގެ 2020 ވަނަ އަހަރުގެ ބްލޮކް ގްރާންޓް ބަޖެޓް ރިވައިޒްކުރުމަށާއި، ރިވައިޒްކުރެވިފައިވާ ގްރާންޓްގެ ތެރޭގައި ހަރަދުތައް ހިފެހެއްޓުމަށް އަންގާފައިވީނަމަވެސް، ބައެއް ކައުންސިލްތަކުން 2021 ޖަނަވަރީ 12 ވަނަ ދުވަހުގެ ނިޔަލަށް، ރިވައިޒްކުރެވުނު ބްލޮކްގްރާންޓްގެ ސީލިންގއަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން، 2020 ވަނަ އަހަރުގެ ރިވައިޒްކުރެވުނު ބްލޮކްގްރާންޓްގެ ސީލިންގ އަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކައުންސިލްތަކުގެ މައްސަލަ ވެވަޑައިގަތް އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި، އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާމެދު ފިޔަވަޅު އަޅުއްވައި، އެކަން އެންގުމަށް މިސިޓީގައި ވެއެވެ.

އަދި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު)ގެ 120 ވަނަ މާއްދާގެ (ށ)ގެ 9 ގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަކީ، ކައުންސިލްގެ ލަފަޔާއެކު، ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފައިވާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

އެގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ ކައުންސިލްތަކުގެ ތެރޭގައި ހދ. އަތޮޅުގެ 4 ކައުންސިލަކާއި، ށ. އަތޮޅުން 4 ކައުންސިލަކާއި، އަދި ނ. އަތޮޅުން 3 ކައުންސިލްގެ އިތުރުން ރ. އަތޮޅުގެ 6 ކައުންސިލެއް ހިމެނެއެވެ. މީގެއިިތުރުން ބ. އަތޮޅުގެ 2 ކައުންސިލަކާއި، ޅ. އަތޮޅުގެ އެއް ކައުންސިލަކާއި، އއ. އަތޮޅުން 5 ކައުންސިލަކާއި، އދ. އަތޮޅުންވެސް 5 ކައުންސިލަކާއި، މ. އަތޮޅުގެ 3 ކައުންސިލަކާއި، ފ. އަތޮޅުގެ 3 ކައުންސިލަކާއި، ދ. އަތޮޅުގެ 2 ކައުންސިލަކާއި، އަދި ތ. އަތޮޅުގެ 4 ކައުންސިލަކާއި، ލ. އަތޮޅުން 1 ކައުންސިލްގެ އިތުރުން، ގއ. އަތޮޅުން 2 ކައުންސިލާއި ގދ. އަތޮޅުން އެއް ކައުންސިލް ހިމެނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެޖެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަތީފް ސޮއިކުރައްވާ ފޮނުވާފައިވާ މިސިޓީގެ ކޮޕީއެއްވަނީ މިނޫހަށް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
735322
ގުޅުންހުރި ލިޔުންތައް

7 Responses

  1. Raaje

    Kon gaanoonakun ministry in budget aharuge medhu therein revise kuran engee

  2. ހުމައިލް

    ރޭވުމެއް.ކައުންސިލްތަކުގެ ނަންތައް ހިމެނާލިނަމަދޯ ؟ގއ އަތޮޅުން 2 ކައުންސިލޭބުނީމަ ރަނގަޅު ކައުންސިލްތަކާމެދުވެސް ނުބައި ނަޒަރަކުން ބެލޭ.

  3. އަބްދުﷲ

    ތި މައްސަލަ ގައި އެސް. ޖީ ޒިންމާ ނަގަން ޖެހޭ ކަމަށް ނުދެކެން ކައުންސިލްތަކުގެ ބަޖެޓަކީ ކައުންސިލެއް ގެ ޖަލްސާ އިން ފާސްކުރާއެއްޗެއް ކައުންސިލަރުން ޓީ ގައި ޒިންމާ ނަގަން ޖެހޭނީ

  4. ވާނުވާ

    ރަށް ރަށުގެގެ ނަންތައްވެސް ލިޔެލަދީ..

  5. ރަށުމީހާ

    ސަރުކާރުން ބޭނުއްވީމަ ކައުސިލް ތަކަށްދޭ ބަޖެޓު ގެއްގޮސްފަ ޕެންޑިގަހުރި ބިލްތަކަށް ފައިސާދެއްކިތޯ ވެސްބަލާނުލާ ހިތުހުރިގޮތެއްހަދަނީ
    ދެން ތިބެގެއްކިޔާނީ ކައުންސިލްތަކަށް ބޮޑުބަޖެޓެއްދިނީމޭ އަހަރުމެދުތެރޭ ގެނދިޔަވާހަކައެއް ނުދައްކާނެ

    11
    1
  6. Hussain m. Muli

    Raajje there ehnu varah foari hunnaane mihaaruves balaabala ministreethakuge furaalhuves oiytho raffushugava seelingtha thi falhaigen dhiyaee

  7. ބޯހަލާކު

    ހަމަ ތިބެފަ, ބަޖެޓް އުނިކޮށްލާއިރު އެނގެންވާނެ ދޯ, ޚަރަދު ތައްވެސް ކޮށްފައިކަން ހުންނާނީ

    13
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ