ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާއިން: ސަފީރު

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާއިން ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، އިއްޔެ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަފީރުގެ މި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ގާތް ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަނީ އެކުގައި ކަމަށާއި، ކޮވިޑް-19 ގެ ހާލަތުގައިވެސް އެކަން ފެނިގެންދިޔަ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރުގެ ވާހަކަފުޅުގައި، އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.

އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ މި މަޝްރޫއު ފުރިހަމަކުރުމަށް އިންޑިއާއިން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ، އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ އެހީ އާއެކު ޤާއިމްކުރެވުނު މި އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 (ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ