"މަނިކަރްނިކާ"ގެ ދެވަނަ ބައި އިއުލާންކޮށްފި

ކަންގްނާ ރަނައުތު ލީޑު ރޯލުން ފެނިގެންދިޔަ ފިލްމް "މަނިކަރްނިކާ" ގެ ދެވަނަ ބައި އިއުލާންކޮށްފިއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަކީ އިންޑިއާގެ ވަރުގަދަ އަންހެން ހަނގުރާމަވެރިއެއް ކަމަށްވާ ޖާންސީގެ ރާނީ ލަކްޝަމީބާއީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ދެވަނަ ބައި "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" ގެ ނަމުގައި ނެރޭކަން އިއުލާންކުރީ ކަންގްނާ ހިންދީ ބަހުން ކުރި ޓްވީޓެއްގައެވެ.

"މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ"އަކީ ކަންގްނާގެ ޑައިރެކްޝަންގެ ދަށުން ނެރުނު ފިލްމެކެވެ. ނަމަވެސް ދެވަނަ ބައި ޑަރެކްޓް ކުރާނީ ކަންގްނާ ކަމެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކަންގްނާ ބުނެފައިވާ ގޮތުގައި، "މަނިކަރްނިކާ"، ވަރުގަދަ އަންހެން ހަނގުރާމަވެރިންގެ ވާހަކަތައް ކިޔައިދޭނެ ފްރެންޗައިޒް އެކަށް ހަދަން ނިއްމާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ