އައްޑޫއިން ރެންޑަމް ސާމްޕަލް ނަގަނީ

އައްޑޫ އިން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅު ވެއްޖެއެވެ.

މާދަމާއިން ފެށިގެން ރެންޑަމް ސާމްޕަލްތައް ނެގުމަށް ނިންމާފައިވާއިރު، މިއީ ކޮވިޑް-19 އާއި ގުޅިގެން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށްވެސް އެސެންޓަރުން ވިދާޅުވިއެވެ. އެގޮތުން ރެންޑަމް ސާމްޕަލް ނެގުމުގައި ފެރީ އާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަން ދޭނެކަމަށްވެސްވަނީ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެފައިވާއިރު، މާލޭގައި ރެންޑަމް ކޮށް ނަގަމުން ދާ ސާމްޕަލް ތަކުން ކޭސްތައް އިތުރު ވަމުން ދާ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ޕްރޮޖެކްޝަނެއް ހަދާފައި ނުވާކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ، ޕާޓީ ތަކާއި އެއްވުންތައް ގިނަ ވާކަމުގައިވާނަމަ ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާނެކަމަށެވެ.

މީގެކުރިންވެސް އައްޑޫއިން ކޮވިޑް-19 އާއި ގުޅިގެން ރެންޑަމް ސާމްޕަލް ނަގާފައިވާއިރު، އެފަހަރު ނެގި ހުރިހާ ސާމްޕަލްތަކެއްވެސްވަނީ ނެގެޓިވްވެފައެވެ. އެފަހަރު ގާތްގަނޑަކަށް 200 އެއްހާ ރެންޑަމް ސާމްޕަލްވަނީ ނަގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ