ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަނީ!

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގައުމާ މުހާތަބު ކުރައްވާނެކަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު މެންދުރުފަހު 14:00 ގައި ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި ކޮވިޑް-19 އާއި ގުޅޭގޮތުން ރައީސް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

މިއަދު ރައީސް ގައުމާ މުހާތަބު ކުރައްވާއިރު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް މިއަދު މެންދުރު ރާއްޖެއަށް ލިބޭނެ އެވެ. އިންޑިއާއިން ރާއްޖެ ފޮނުވަނީ އޮކްސްފޯޑުގެ ވެކްސިން "ކޮވި ޝީލްޑް" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ