އުންމީދަކީ ރާއްޖެއާއި އެމެރިކާއާއި ގުޅުން ބަދަހިވުން: ރައީސް ޞާލިހް

އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯއީ ބައިޑެންއާ އެކުގައި މަސައްކަތް ކޮށް އުންމީދަކީ ރާއްޖެއާއި އެމެރިކާއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވުން ކަމަށް ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް އެފަދައިން ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވި ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން މަރުހަބާ ދެއްނެވުމަށް ކުރެއްވި ޓްވީޓްގައެވެ.

ރައީސް ޞާލިހް ވަނީ ޓްވީޓާ މެދުވެރިކުރައްވާ އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެ-އެމެރިކާ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ ޖޯ ބައިޑަންގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖޯ ބައިޑެން ވެގެންދާނީ އެމެރިކާގެ ރައީސްކަން ކުރައްވާ 46 ވަނަ ބޭފުޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ