މާލެ އާއި 8 ހާސް ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ

މާލެ އާއި 8 ހާސް ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖެ ގަޑިން 17:23 ހާއިރު މި ބިންހެލުން އައިސްފައި ވަނީ 7.1 މެގްނެޓިއުޑް ބާރުމިނުގައެވެ.

އަދި މި ބިންހެލުން އައިސްފައި ވަނީ 100 ކިލޯ މީޓަރު އަޑިއަށެވެ. މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރު ކުރަނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

މި ބިންހެލުން އައިސްފައިވަނީ ތައިލެންޑްގެ ތަލައުލް އައިލެންޑްސް އަށް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ބޭރުގެ މީޑިއާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، އެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
43215
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ