ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއަށް ބޮޑު ކުރިއެރުމެއް

ދެހާސް ވިހި ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެއަށް 14 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދައްކައިދޭން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓް "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" އިން ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި އެއީ ގައުމުތަކުގެ ތަރުތީބުތަކަށް ބަލާއިރު 75 ވަނައެވެ. މިއީ މިދިޔަ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގައުމުތައް ތަރުތީބު ކުރެވިފައިވާ ދަރަޖައިން 55 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި 14 ޕޮއިންޓްގެ ކުރިއެރުމެކެވެ.

މި ނަތީޖާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އެންޓި ކޮރަޕްޝަން ސިޔާސަތުތަކުގެ ސަބަބުން ނަތީޖާތައް ރަނގަޅު ކުރެވެމުންދާ ކަމަށެވެ. އެކަމަކު ވެސް ކޮރަޕްޝަންއާ ދެކޮޅަށް ކުރާ މަސައްކަތް ނިމުމަކަށް ނާންނަ ކަމަށާއި އެ މަސައްކަތް ނިންމުމަކަށް އަންނަން ގާތް ވެސް ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންޑެކްސް ގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ