އައްޑޫސިޓީގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ހިލޭސާބަހަށް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މިސްކިތްތައް ރަމްޟާންމަހަށް ތައްޔާރުވުމުގެގޮތުން ކުރަންހުރި މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާކަމަށެވެ.
އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ މިސްކިތެއް ހުރި އަވަށެއްގެ އަވަށު އޮފީހަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަވަށު އޮފީހުގައި ނަންނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ނަންނޯޓުކުރެއްވުމަށް ގުޅުއްވާނީ ތިރީގައި މިވާ ނަންބަރުތަކަށެވެ.
|
އަވަށް |
ގުޅޭ ނަންބަރު |
|
ހިތަދޫ އަވަށު އޮފީސް |
6885753 |
|
މަރަދޫ އަވަށު އޮފިސް |
6890096 |
|
މަރަދޫފޭދޫ އަވަށު އޮފީސް |
6891523 |
|
ފޭދޫ އަވަށު އޮފީށް |
6892018 |
|
ހުޅުދޫ އަވަށު އޮފީސް |
6894728 |
|
މީދޫ އަވަށު އޮފީސް |
6895730 |
އައްޑޫ ސިޓީއަކީ މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އަތޮޅެވެ. އެގޮތުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް ް60 ވަރަކަށް މިސްކިތް ހުރެއެވެ.
ނަމަވެސް އޭގެ ތެރެއިން މަރާމާތު ކުރަންހަމަޖެހިފައި ވަނީ ކިތައް މިސްކިތްކަމެއް އައްޑޫ ސިޓީ ކައުންސިލުން ހާމަ ކުރައްވާފައެއް ނުވެއެވެ.




