އަނުޝްކާއާއި ވިރާތްގެ އަލަތު ދަރިފުޅަށް ކިޔަނީ "ވަމިކާ"!

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީގެ އަލަތު ދަރިފުޅަށް ކިޔާފައިވާ ނަމަކީ "ވަމިކާ" އެވެ.

މި ދެމަފިރިންނަށް ލިބުނު އަންހެން ދަރިފުޅުގެ ފޮޓޯ އަނުޝްކާ މީސްމީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައިވާއިރު، އަ ފޮޓީގެ ކެޕްޝަންގައި ދަރިފުޅަށް ކިޔަނީ 'ވަމިކާ" ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މިއީ މި ދެމަފިރިންގެ ދަރިފުޅު ފޮޓޯއަކުން ދައްކާލި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ފޮޓޯގައި ދަރިފުޅުގެ މޫނު ދައްކާފައެއް ނުވެއެވެ.

އަނުޝްކާ އާއި ވިރާތް އަލަތު ދަރިފުޅު އުރާލައިގެން ހުރި މި ފޯޓޯއިން ފެނިގެންދަނީ ދެމަފިރިންވެސް ހިނުތުންވުމާއެކު ދަރިފުޅަށް ބަލަަހައްޓައިގެން ހުއްޓައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ