ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އާއި ގުޅިގެން މަޖިލިސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ސަރަަހައްދު ބަންދުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ޓްރެފިކް ޕޮލިހުން މިހާރުވަނީ އެއްގަމު އުޅަނދު ވަނުން މަނާ ސަރަހައްދުތަކާއި އަދި ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ވަނުންމަނާ ސަރަހައްދުތައް ހާމަކޮށް އިއުލާން ކޮށްފައެވެ.
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން ދާތީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، މަޖިލިސް ހުޅުވާ ޖަލްސާއަށް ދައުވަތު ދޭ މީހުން މަދު ކުރުމަށްވަނީ ނިންމާފައެވެ.
2021 Vana Aharah Rayyithunge Majilis Hulhuva Rasmiyathah, Majilis Adhi Green Zone Himeney Sarahdhu Anmu Dhathurufathurah Bandhu Kurun.#PoliceMv#TrafficPoliceMv#AmalunDhakkaanan#RoadSafety pic.twitter.com/eWUgM383Iy
— Traffic Police Mv (@TrafficPoliceMv) February 3, 2021
މާދަމާގެ މަޖިލިސް ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވުމަށްވަނީ ހަމަޖެހިފައެވެ. މިއީ އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަވާ ތިންވަނަ ފަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ގައުމު އާރާސްތުކޮށް، ގައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާތައް ކުރިއަށް ރޭވިފައިވާ ގޮތް ހާމަކުރައްވާނެ ރިޔާސީ ބަޔާނަކަށް ކަމަށެވެ.
މީގެއިތުރުން، ރިޔާސީ ބަޔާން ވެގެން ދާނީ ދިވެހި ރައްޔިތުންނަށް އުންމީދު އާ ކޮށްދެއްވާ އަދި އާ އުންމީދުތަކެއް ގެނެސް ދެއްވާނެ ފުރިހަމަ ރިޔާސީ ބަޔާނަކަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.




