1.5 ބިލިއަން ޑޮލަރުގެ ބިޓްކޮއިން ޓެސްލާއިން ގަނެފި

އިލެކްޓުރިކް ކާރު އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޓެސްލާއިން 1.5 ބިލިއަން ޑޮލަރުގެ ބިޓްކޮއިން ގަނެފިއެވެ.

ކުރިޕްޓޯ ކަރަންސީ އެއް ކަމަށްވާ ބިޓްކޮއިން ގިނަ އަދަދަކަށް ޓެސްލާއިން ގަތްފައިވާކަން ހާމަކޮށްފައި މިވަނީ އެ ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ އެލޮން މަސްކް އޭނާގެ ޓުވިޓާ އެކައުންޓުގެ ޕްރޮފައިލް ޕޭޖްގައި ބިޓްކޮއިން ހޭޝްޓެގް އެއް ބޭނުންކުރުމުގެ ސަބަބުން ބިޓްކޮއިންގެ އަގު އެތައް ތަނަކުން މަތިވެފައި ވަނިކޮށެވެ.

މައުލޫމާތު ލިބޭގޮތުގައި ޓެސްލާއިން މިހާ ގިނަ އަދަދަކަށް ބިޓްކޮއިން ގަނެފައިވަނީ ޖެނުއަރީ މަހުއެވެ. އަދި ކުރިއަށް އޮތްތާ އެ ކުންފުނީގެ ވިޔަފާރި މުއާމަލާތްތަކުގައި ފައިސާ އެއްގެ ގޮތުން ބިޓްކޮއިން ބަލައި ގަތުމަށް ނިންމުމަށްދަނީ މަޝްވަރާތައް ކުރެވެމުންނެވެ.

ޓެސްލާއިން މިކަމާއި ގުޅިގެން ބުނީ، ކުންފުނީގެ ކޮންމެ ދުވަހެއްގެ ހިނގުމަށް ބޭނުން ނުވާ ފައިސާ ބޭނުން ކޮއްގެން އެއްމެ އެދެވޭ މަންފާއެއް ހާސިލު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ޓެސްލާއިން ބިޓްކޮއިން އަށް އިންވެސްޓުކުރި ޚަބަރާއެކު ބާޒާރުގައި ބިތްކޮއިންގެ އަގުވަނީ 17 އިންސައްތަ އުފުލިގެން ގޮސްފައެވެ. މިގޮތުން މިހާރު ބިޓްކޮއިން އެއްގެ އަގު އުޅެނީ 44،220 ޑޮލަރުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ