ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އައްޑޫ ސިޓީގައި ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.
އެގޮތުން މާދަމާއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި އެޅުމަށް އެޗްޕީއޭއިން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛
- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
- ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
- އައްޑޫ ސިޓީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުުރުން ހުއްޓާލުމާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން
- އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން
- ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
- ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި، ކަސްރަތު ޙަރަކާތްތައް ހިންގުން ހުއްޓައިލުން.
- ޕަބްލިކް ޓްރާންސްޕޯޓު ދޭ ފަރާތްތަކުންނާއި ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންކުމޮށްފައިވާ ގައިޑުލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން
- ފިހާރަތަކާއި ބޭންކުތައްފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތްދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައި ޚިދުމަތް ދިނުން.
- ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލްތަކަށް ދަރިވަރުން ޙާޟިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުން ގެންދާ ޑެލިވަރީ ޚިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓާލުން.
އަދި އައްޑޫ ސިޓީގައި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގައި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވީނަމަވެސް ސިފައިންނާއި ފުލުހުންނާއި، ސިއްޚީ ޚިދުމަތްދޭ ފަރާތްތަކާއި އަދި އައްޑޫ ޓާސްކްފޯސްގެ އިތުރުން އެމަޖެންސީކޮށް ސިއްޚީ ހޯދަންޖެގޭ ފަރާތްތައް އިސްތިސްވާނެކަމަށްވެސް އެއެޖެންސީން ވިދާޅުވިއެވެ.




