މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމުގައި އެމްއެންޑީއެފް އިން ހާމަ ކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފޭސްގައިކަމަށެވެ. މިއީ އަމިއްލަ ފަރާތަކުން ވިޔަފާރި އުޞޫލުން އެރުވުމަށް ހަމަޖެހިފައިވާ ހަވާއެކެވެ.
އެގޮތުން ހަވާ އަރުވާނީ މިރޭ 8:00 ގައި ސިފްކޯއިންނެވެ. ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 5 މިނިޓްއަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހަވާ ނާރުވައި ރާއްޖޭގައި އޮތުމަށްފަހު މިދިޔަ އަހަރު ފަހު ކޮޅުވަނީ މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހަވާއަރުވާފައެވެ. ހަވާއެރުވުން ވެގެން ދާނީ ގިނަ ބަޔަކު ޝައުޤުވެރިކުރުވާނެފަދަ ކަމަކަށެވެ. މީގެ ކުރިން ރާއްޖޭގައި ހަވާ އެރުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މިދިޔަ އަހަރު ފަހު ކޮޅު މާލޭގެ އިތުރުން ހޯރަފުއްޓާއި، ކުޅުދުއްފުއްޓާއި، ދިއްދޫގެ އިތުރުން އިހަވަންދޫގައިވެސް ވަނީ ހަވާއެރުވުން ކުރިޔަށް ގެންގޮސްފައެވެ.




