ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ހަރުދަނާ އިޖުރާއަތްތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާއި އަދި އެފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ވަކި ފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމުކުރުން މުހިއްމު ކަމަށެވެ.
އަދި އެއީ އިންސާފު ގާއިމު ކުރެވޭނެ ހަމައެކަނި ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން.
— Aishah Didi (@aishamdidi) February 11, 2021
ޖެންޑަރ މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލާފައިވާ ދަނޑިވަޅެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނ ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނ ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.އަލީ ވަހީދަށް ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ފުރާވަޑައިގަތް މައްސަލާގައި ސަރުކާރުން ބުނެފައިިވަނީ އޭނާ ފުރާވަޑައިގަތްކަން އެނގުނީ މީޑިއާ އިން ކަމަށެވެ. އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކޯޓުން އޭނާއަށް ފުރަން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށާ އަދި އެ ނިންމުން އިސްތިއުނާފް ނުކުރެވެނީސް އޭނާ ފުރައިވަޑައިގަތީ ކަމަށެވެ.