ވަގު ޕާސްޕޯޓުގައި ރާއްޖެ އައި މީހަކު ހިފަހައްޓައިފި

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 36 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޕާސްޕޯޓް ނަކަލު ކުރުމާއި، އެހެން މީހުންގެ ފޮޓޯ ޖަހައިގެން މިދިޔަ އަހަރުވެސް ގިނަ އަދަދަކަށް މީހުން ވަނީ ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައެވެ. އަދި މިއަހަރުގެ ޖެނުވަރީ މަހުގެ ވަނީ ބިދޭސީއަކު މިގޮތަށް އެތެރެވާން މަސައްކަތް ކޮށްފައެވެ.

މި މީހުން ހިފަހައްޓައި އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިިިިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވަނީ ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ