ރެސްޓޯރެންޓުން ނޫސްވެރިއާ ނެރެގެން ގެންދަނީ

ނޫސްވެރިއަކަށް އަނިޔާކޮށްފައި ފުލުހުން ވިދާޅުވީ ކާޑު ނުދެކޭ ކަމަށް

ލެސޫގު ރެސްޓޯރެންޓުގައި ހުރި ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާކޮށް އެތަނުން ނެރެގެން ގެންދާ ވީޑިއޯއެއް ވައިރަލްވެ ފުލުހުންގެ މުއައްސަސާއަށް ފާޑުކިޔުންތައް އަމާޒުވުމުން، ރެސްޓޯރެންޓުން ނެރެގެން ގެންދިޔައިރު އެއީ ނޫސްވެރިއެއްކަން ނޭންގޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވައިރަލްވި ވީޑިއޯއިން ފެއްނަނީ ސްޕްޝަލް ފޯސް ފުލުހުންގެ ތިންބޭފުޅުން ލެސޫގު ރެސްޓޯރެންޓުގެ މަތީ ފަންގިފިލާއަށް އަރާ މަންޒަރެވެ. އަދި ކުޑައިރުކޮޅެއްފަހުން އަތް ފަހަތުން ލޮކް އަޅުވައިގެން ނޫސްވެރިއާ ނެރެގެން ގެންދާތަން ފެނެއެވެ. ނޫސްވެރިއާ ނެރެގެން ގެންދާއިރު ނޫސްވެރިއާ "އަލިފާނޯއޭ" ބުނެ އޭނާއަށް ތަދުވާކަން ހާމަކުރެއެވެ.

މިމައްސަލައިގައި ނޫސްވެރިން ކަނބޮޑުވުން ފާޅުކޮށް ފުލުހުންގެ މީޑިއާ ގުރޫޕުގައި އަޑުއުފުލުމުން ފުލުހުން މިރޭ ވިދާޅުވީ، މުޒާހަރާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ދާން އެނގުމުން ފުލުހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މުޒާހަރާގެ ބައިވެރިން ކެފޭތެރެއަށް ވަދެގަނެފައިވާ ކަމަށެވެ.

"ކެފޭތެރެއަށް ވަދެގަތް މީހުން ފުލުހުންވަނީ އެތަނުން ނެރެފައި އަދި އެތަނުން ނެރެން އުޅުމުންވެސް ނޫސްވެރިއާ ހިމެނޭ ގޮތުން ހަމަނުޖެހުން ހިނގައިފައިވޭ، އެގޮތުން ނޫސްވެރިއާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ނޫސްވެރިއާ އެތަނުން ނެރުމުން ނޫސްވެރިއެއް ކަމަށް ބުނުމުންވަނީ ދޫކޮށްލައިފައި ކަމަށެވެ. ފުލުހުން މިހެން ވިދާޅުވިނަމަވެސް، ވައިރަލްވި ވީޑިއޯއިން ފެއްނަ ގޮތުގައި ނެރުނު ނޫސްވެރިއާގެ ކަރުގައި ނޫސްވެރިއާގެ ކާޑު އަޅުވައިފައިވާތަން ފެނެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ޗެނަލް13ގެ ކެމެރާމަނަކަށްވެސް މުޒާހަރާގެތެރެއިންވަނީ އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދީފައިކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1222
ގުޅުންހުރި ލިޔުންތައް

2 Responses

  1. މިސްޓާރ ޓޭ

    ޑްރާމާ އެކްޓު ދައްކަން ވެސް އިނގޭޔޭ މި މީހުންނަ. ސްޓާރ ޕްލަސް ލޮކްޑައުން ކުރަން ފެނޭ.

  2. Hhdhdj

    Kaadu alhuvaalevidhaane jehigen oiy meehaa karuva ves

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ