ފިލްމީ ތަރި ހަސަން މަނިކު (ކޮއްޔަ ހަސަން މަނިކު) ގެ އުފެއްދުންތެރި ތަނަވަސް ޚިޔާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަޢުރީފްކުރައްވައި އާޢިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޖެހިގެން ކޮއްޔަ ހަސަން މަނިކުވަނީ މިއަދު ނިޔާވެފައެވެ. ކޮއްޔަ ހަސަން މަނިކު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ. ކޮއްޔަ ހަސަން މަނިކު ނިޔާވި އިރު އޭނަގެ އުމުރަކީ 67 އަހަރެވެ.
ރައީސް ސޯލިހް ވަނީ މިއަދު ކޮއްޔަ ހަސަން މަނިކުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެ މަނިކުފާނު އަތްޕުޅުން ލިޔުއްވި މެސެޖެއް ޓްވީޓް ކުރައްވާފައެވެ.
ހަސަން މަނިކެއަށް ތަޢުރީފުކުރައްވަމުން ރައީސް މިއަދު ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، ޙަސަން ޢަލީ މަނިކު (ކޮއްޔަ ހަސަން މަނިކު) އަކީ އުފެއްދުންތެރި ޚިޔާލުތަނަވަސް ބޭފުޅެއްކަމަށެވެ. އަދި މީގެ 3 ހަފްތާކުރިން ހަސަން މަނިކު ރައީސްއާ ބައްދަލުކޮށް މިފަދަ އެތައް ވާހަކަތަކެއް ޙިއްސާކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހަސަނިކަކީ ވަރަށް ގިނަ ބައެއްގެ ތާޢީދާއި ލޯބި ހޯއްދެވި ފަންނާނެއް. މިއަދު ހަސަނިކު މިވަނީ އަޅުގަނޑުމެންނާއި ވަކިވެފަ." ރައީސް ވިދާޅުވިއެވެ.
ޙަސަން ޢަލީ މަނިކު ( ކޮއްޔަ ހަސަނިކު) އަވަހާރަވުމާ ގުޅިގެން. pic.twitter.com/zagM8BhqMf
— Ibrahim Mohamed Solih (@ibusolih) February 20, 2021
ކޮއްޔަ ހަސަން މަނިކަކީ، ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައެވެ. އެގޮތުން ކޮއްޔަ ހަސަން މަނިކު ފިލްމީ ދާއިރާ އަށް ނުކުތީ 1980 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮއްޔަ ހަސަން މަނިކު ވަނީ ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކާއި ފިލްމްތައްވެސް ކުޅެފައެވެ. އެގޮތުން "ހިނިތުން ވެލާށޭ" ކަލާއަކީ ކޮއްޔަ ހަސަން މަނިކު ކުޅުނު ފާޙަގަކޮށްލެވޭ ޑްރާމާ ސިލްސިލާއެކެވެ.
މީގެ އިތުރުން، ކޮއްޔަ ހަސަން މަނިކު ވަނީ، ވާލޯބި އެނގޭނަމަ، މާފެއް ނެތް، އަދި ކަރުނަވީ ބޭވަފާ ފަދަ މަޝްހޫރު ފިލްމަތަކުން ފެނިގެން ގޮސްފައެވެ.





ހިޔާލު
* މަނިކެ ކިޔާނީ އަންހެނުންނަށް ނިސްބަތްކޮށް ދޯ…
* އުފެންދުން އެއީ ކޯއްޗެއްބާ…
ޕިސް ޕިސް ޕިސް….