ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

ޖަމާޢަތުގައި ނަމާދު ކުރާ އިރު ގައިދުރު ކުރުން މުޙިންމު: މަޢުމޫން

މިވަގުތު ޖަމާޢަތުގައި ނަމާދު ކުރާ އިރު ގައިދުރުކުރުން މުޙިންމު ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުއްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މަޢުމޫން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފަށާފައި ވަނިކޮށެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސަބަހައްދު ތަކުންވެސް ވަނީ މުޖުތަމަޢު ތެރެއިން ކޮވިޑް-19 ފެނިފެތުރެން ފަށާފައެވެ.

އެގޮތުން މަޢުމޫން ވިދާޅުވީ ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ޞިއްޙީމާހިރުން ލަފާދޭ ކަންތައްތައްކުރުމަކީ ލާޒިމް ކަމެއްކަމަށެވެ. އެހެން ކަމުން މިވަގުތު ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުން މުހިންމު ކަމުގައި މަޢުމޫން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވާއިރު، މިދިޔަ ހުކުރުން ފެށިގެން މުޅި ރާއްޖެގައި ވަނީ ހުކުރު ޚުތުބާވެސް ވަރަށް ބޮޑަށް ކުރުކޮށް ހުކުރު ކުރަން ފަށާފައެވެ. މިއީވެސް ކޮވިޑް ކޮންތްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައެެވެ.

ކޮވިޑް ފެތުރުން ކޮންތްރޯލް ކުރުމަށްޓަކައި މިދިޔަ އަހަރުވެސް ވަނީ މުޅި ރާއްޖޭގައި ޖަމަާޢަތުގައި ނަމާދު ކުރުން މެދުކަނޑާލައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު މުޅިރާއްޖޭގައި ދަނީ ކޮވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 18،930 އަށްވުރެ ގިނަ މީހުންނަށްވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 60 މީހަކު މި ބަލީގައި މަރުވެފައި ވާއިރު 2،512 އަށް ވުރެ ގިނަ މީހުން މިބަލީގައި ދަނީ ފަރުވާ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ