ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް

ދީނުގެ ޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެ: މަޢުމޫން

ދީނުގެޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުއްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މަޢުމޫން ވިދާޅުވެފައި ވަނީ ދީނުގެޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެކަމަށާއި އަދި ވާހަކަފުޅު ދައްކަވާނީ ޙިކްމަތްތެރިކަމާއެކު ރިވެތިބަހުން ކަމަށެވެ.

މަޢުމޫނުގެ މި ބަސްފުޅަށް ބައެއް ބެފުޅުން ތާޢީދުކޮށް ވާހަކަ ފުޅު ދައްކަވަމުން ގެންދަވާއިރު، ބައެއް ބޭފުޅުން ވަނީ މި ބަސްފުޅަށް ރައްދުވެސް ދެއްވާފައެވެ.

އެގޮތުން މަޢުމޫނަށް ރައްދު ދެއްވައި ރާއްޖޭގެ މަޝްހޫރި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒު ވިދާޅުވެފައި ވަނީ ދީނުގެ ޙުކުމެއް އޮންނަ ގޮތް ނޫން ގޮތަކަށް ބަޔާން ކުރެވި، ރައްޔިތުންނަށް ހެވާއި ނުބައި އޮޅޭ ދަރަޖައަށް ދިޔައީމާ ޙައްޤު ބަޔާން ކުރުމަކީ ދީނީ ޢިލްމުވެރިންގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ.

އެގޮތުން އެފަދަ ކަންތައްތަކަށް ދައްދު ދިނުމަކީ ރިވެތި އަޚްލާޤުން ބޭރުވުމެއް ނޫނަކަމަށް ވިދާޅުވެ ޑރ. އިޔާޒު ވިދާޅުވެފައި ވަނީ ހަޤީޤަތް އޮޅުވާ ލުމަކީ ވަރަށް ނުބައި ކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް ޑރ. އިޔާޒް ވިދާޅުވީ އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުން ކަމަށާއި ޙައްޤުބަސް ނުބުނެ ހަނު ހުރުމަކީ ޙިކުމަތްތެރިކަމެއް ނޫން ކަމަށެވެ. އަދި އެއީ ޚިޔާނާތެއް ކަމަށާއި، ޙައްޤު އޮޅުވާލުން އެއީ ދުލުގެ އާފާތެއްކަމުގައިވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮންމެ ހާލެއްގައިވެސް ޙައްޤު ބަސް ބުނަން ޖެހޭ ކަމުގައި ޑރ. އިޔާޒް ވިދާލުވެފައިވެއެވެ.

ދީނީ ބައެއް މައްސަލަތާއި ގުޅޭ ގޮތުން ރައީސް މަޢުމޫން ދައްކަވާފައިވާ ބައެއް ވާހަކަ ފުޅުތަކަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Abdulla Mahir

    Firuaunun marumatheega vess Allaah
    ekkauvantha kurumah dhekolhu hedhi. Verikamuge dhahivethi kamuga, haggu foruvai olhuvaali. SubuhaanAllaah.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ