ވޯޓުލުމަށް ކިއު ހަދާލާފައިވާ މަންޒަރު - ފޮޓޯ: މިހާރު

އާ ވޯޓާސް ލިސްޓު ގެޒެޓްކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު އާ ވޯޓާސް ލިސްޓު ގެޒެޓްކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، 2021 ފެބްރުވަރީ 09 އަންގާރަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފައިވާކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާޢި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިންތިޚާބު 2020 ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު މި ބަދަލުތަކާއެކު ލިސްޓް މިހާރު ގެޒެޓްކޮށްފައިވާއިރު، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށްވެސް އިލެކްޝަންސްއިން ވިދާޅުވިއެވެ.

އިލެކްޝަންސްއިން ވިދާޅުވި ގޮތުގައި ފަހުން ގެޒެޓް ކުރެވުނު އާ ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2021 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 މާރޗް 11
ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 11:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށެވެ.

އަދި ޝަކުވާ ފޯމުން، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށްވެސް އިޢުލާނުގައިވެއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 އޭޕްރީލް 10 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ