އުއްމީދީ ނޫސްވެރިޔާ ނަޖާޙް މަސްއޫދު - ފޮޓޯ: ސަން

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 2021 މާރިޗު 02 ވާ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ. މިއަހަރު 12 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

(ނ) ސިޔާސީ

(ރ) ޝަރުއީ އަދި ޤާނޫނީ

(ބ) ވިޔަފާރިއާއި އިޤުތިޞާދު

(ޅ) ކުޅިވަރު

(ކ) ފޮޓޯ ޖާރނަލިޒަމް

(އ) ވީޑިއޯ ޖާރނަލިޒަމް

(ވ) އޯޑިއޯ ޖާރނަލިޒަމް

(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(ފ) ފީޗަރ / ރިޕޯޓް

(ދ) އެންމެ އުންމީދީ ނޫސްވެރިޔާ

މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސް ވެރިކަމުގެ އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންކަމަށެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް އެކައުންސިލުން ވަނީ އާންމު ކޮށްފައެވެ.

ނޫސްވެރިކަމުގެ އިނާމު ތަކަށް ކުރިމަތިލާ ފަރާތްތަކުން 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމު މީޑިއާ ކައުންސިލަށް ހުށައެޅުމަށް އެކައުންސިލުން ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ