އައްޑޫސިޓީއަށް ގެންނަން ހަމަޖެހިފައިވާ އަސްތައް އެ ސިޓީއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މި އަސްތައް ސަލާމަތްތެރި ކަމާއިއެކު އައްޑޫއަށް ގެންދެވިފައިވާ ކަމަށެވެ. އަދި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު އައްޑޫއަށް މި އަސްތަށް ގެންދިއުމުގައި އެމްވީ ބޮންތި 2 އިން ދިން ފުރިހަމަ ޚިދުމަތަށް އެމްއެސްއެސްއިންވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ އެމްއެސްއެސްއިން ދިރޭ ޖަނަވާރެއް އުފުލި ފުރަތަމަ ފަހަރެވެ.
The horses safely arrived Addu, their new home. Thanks Master and crew of MV BONTHI II for taking good care of them during the passage. #MaldivesShipping #MSS pic.twitter.com/gGuZgFuX0E
— Maldives State Shipping (MSS) (@stateshippingmv) March 6, 2021
އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެރައީސް ރައީސް މުހައްމަދު ނަޝީދު މީގެކުރިން ހާމަކޮށްފައިވާއިރު މި އަސްތައް ގެނައުމަށް ނަގަންޖެހޭ އެންމެހާ ހުއްދަތައްވެސް މިހާރު ނަގައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި އަސް ނުގެންގުޅުނު ނަމަވެސް މީގެކުރިންވެސް އިސްތިހާރު ކުޅުންފަދަ ބޭނުންތަކަށް ރާއްޖެއަށް އަސް އެތެރެކޮށްފައި ވެއެވެ.
އައްޑޫއަށް ގެންނައި މި އަސްތައް ނުބެލެހެއްޓިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކަށް ރައްދުދެއްވަމުން ސަދަން ސްޓޭލިއަންސް އިން ބުނީ އަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ ގޮތުން އެ އަސްތައް ޝިޕްކުރުމުގެ މާކުރިން ވެޓްގެ ހިދުމަތާއި ކާނާ އާއި ބޭހުގެ ކަންކަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.



