މާދަމާއިން ފެށިގެން އަސްތަކާއެކު ފޮޓޯ ނެގޭނެ

އައްޑޫ ސިޓީ ފޭދޫ އަށް ގެނެސްފައިވާ އަސްތަކާއެކު މާދަމާއިން ފެށިގެން ފޮޓޯ ނެގޭނެކަމަށް ސަދަން ސްޓޭލިއަންސް އިން ބުނެފިއެވެ.

ސަދަން ސްޓެލިއަންސް ބުނީ، އަސްތައް ބަލާލައި ފޮޓޯ ނެގުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއީ އަސްލު ހުޅުވާލުން ނޫންކަމަށާއި އެހެންކަމުން އަސްތައް ދުއްވުމުގެ ފުރުޞަތު އާންމުންނަށް އަދި ނުލިބޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެއީ އަސްތައް މިމާޙައުލަށް ސެޓްލްވާން އަދި ވަގުތު ބޭނުންވާތީއެވެ. އަދި އަސްތައް ދުއްވުމުގެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން އަސްތައް ދުއްވުމުގެ އިންތިޒާމު ހަމަޖެހުމުން އެކަން އެ ކުންފުނީގެ މިސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އަންގަމުންދާނެ ކަމަށްވެސް ސަދަން ސްޓެލިއަންސްއިންވަނީ ބުނެފައެވެ.

އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް އަދި ހަވީރު 4 އިން 6 ގެ ނިޔަލަށެވެ. އަސްތައް ބަލަން އަންނަ ކޮންމެ މީހެއްގެ އަތުން 20 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި އަސް ނުގެންގުޅުނު ނަމަވެސް މީގެކުރިންވެސް އިސްތިހާރު ކުޅުންފަދަ ބޭނުންތަކަށް ރާއްޖެއަށް އަސް އެތެރެކޮށްފައިވެއެވެ.

https://feshun.wonstasite.com/114889

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ