އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ކޮވިޑް-19އާ ގުޅިގެން މޮނީޓާރިންގއަށްލާފައިވާ އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތުން ނަގައިފިއެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ ކަރަންޓީންގައި ނެތް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އޭގެ ފަހުން އެ ސިޓީން ކޮވިޑްގެ ކޭސްތައް ދިޔައީ ފެންނަމުންނެވެ.

އެ ސިޓީގެ މޮނީޓަރިންގ ހާލަތު އުވާލީ މިރޭ 21:16 ގައެވެ. އެޗްޕީއޭ އިން ވަނީ މޮނީޓަރިންގ ހާލަތު އުވާލިކަން އަންގާ ލިޔުން ފޮނުވާފައެވެ.

އައްޑޫ ސިޓީ މިހާތަނަށް ކޮވިޑްގެ 92 ކޭސް ވަނީ ފެނިފައެވެ. އޭގެތެރެއިން86 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 6 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ