ލީބިޔާގެ ފެކަލްޓީ އޮފް އިސްލާމިކް ކޯލް ސްކޮލާސިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ޕީ.އެޗް.ޑީ، މާސްޓާސް އަދި ޑިގްރީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ސްކޮލާސިޕްގެ ދަށުން ލިބިގެންދާނެއެވެ. އަދި މި ކޯސްތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓާއި، ސްޓައިޕެންޑް އަދި ހޯސްޓެލްގައި ހުރުމާއި ކެއުމުގެ ހުރިހާކަމެއް ކޯސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
2021 އަދި 2022ގެ ޓާމްތަކަށް ބެހިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސްތަކަށް އީމެއިލްގެ ޒަރިއްޔާއިން ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި ކޯސްތަކަށް ސައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ 30 މާރިޗް 2021އެވެ.
We are pleased to announce the availability of the (OIC) Faculty of Islamic Call scholarship, to study in Libya.
Deadline for applications: 30th MARCH 2021
For more Information please visit:https://t.co/TaHe5pdRCZ pic.twitter.com/5RR8uWVuQe
— Ministry of Higher Education (@MoHEmv) March 14, 2021




