ސައިކަލުން ވެއްޓި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހަސަންޓޭއަށް އަނިޔާވެފައިވަނީ، މަގު ހިނގާދިޔަ މީހަކުން ސައިކަލު ނައްޓަން އުޅުމުގެ ތެރޭގައި ކަހާލައިގެން ސައިކަލުން ވެއްޓިގެން ކަމަށެވެ.

އެމްޕީ ހަސަންޓޭއަށް އަނިޔާވިކަން ކަށަވަރުކޮށްދެއްވި ނަމަވެސް ހާދިސާގެ އިތުރު ތަފްސީލު ފުލުހުން ނުދެއްވައެވެ.
ރޭ ހިނގި އެކްސިޑެންޓެއްގައި ހަސަންޓޭގެ އެއް ފައި ބިންދައިގެން ގޮސް ނިއްކުރިވެސް ޒަހަމްވެފައި ވީނަމަވެސް ހަސަންޓޭގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.
We pray for an early recovery! https://t.co/Dlqc7OyFgN
— Mariya Didi ? (@MariyaDidi) June 12, 2019
އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ހަސަންޓޭ ރައްޔިތުންގެ މަޖިލީހުގައި މިހާރު ފައްޓަވާފައި ވަނީ އޭނާގެ ފުރަތަމަ ދައުރެވެ.




