ހައްޔަރުކުރެވުނު ނޫސްވެރިއާ

ހައްޔަރުކުރި ބީބީސީގެ ނޫސްވެރިއާ މިޔަންމާއިން ދޫކޮށްލައިފި

ހައްޔަރުކުރި ބުރިޓިޝް ބުރޮޑްކާސްޓިން ސެންޓަރ (ބީބީސީ)ގެ ނޫސްވެރިއާ މިޔަންމާގެ އަސްކަރީ ސަރުކާރުން ދޫކޮށްލައިފިއެވެ.

ބީބީސީ ބަރްމީސް ސާރވިސްގައި މަސައްކަތްކުރާ މި ނޫސްވެރިއާ މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު މިޔަންމާގެ ވެރިރަށް ނޭޕީޓޯގެ ކޯޓެއްގެ ބޭރުގައި ޚަބަރެއް ރިޕޯޓުކުރަން ހުއްޓައެވެ.

މަންޒަރުދުށްފަރާތްތަކާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ، ނޫސްވެރިއާ ހައްޔަރުކުރި މީހުން އައިސްފައިވަނީ ވަކި ލޭބަލެއްނެތް ވޭނެއްގައި ކަމަށާއި ނޫސްވެރިއާއެކު އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މިޔަންމާގެ ނޫހަކަށް ނިސްބަތްވާ ނޫސްވެރިއަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފެބުރުއަރީ އެއްވަނަ ދުވަހު މިޔަންމާގެ ވެރިކަން އަސްކަރީ ބަގާވާތަކުން ނިމުމަކަށް ގެނަފަހުން މިހާތަނަށް 40 ނޫސްވެރިއަކު ބަންދުކޮށް ފަސް މީޑިއާ ކުންފުނީގެ ލައިސެންސުވަނީ އަސްކަރީ ސަރުކާރުން ބާތިލުކޮށްފައެވެ.

މިޔަންމާގައި މިވަގުތު ހިނގަމުންދާ މުޒާހަރާތަކަކީ ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް

މިޔަންމާގެ ވެރިކަން އަސްކަރީ ބަގާވާތަކުން ބަދަލުކުރުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގައި މިހާތަނަށް 149 މީހުން މަރުވެފައިވާކަމަށް އ.ދ އިން މައުލޫމާތު ދެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިއަދަދު މިއަށްވުރެ އިތުރުވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ