ބުޑިސްޓުންގެ އާބާދީބޮޑު މިޔަންމާ ސަރުކާރުން އެޤައުމުގެ ބައިމަދު ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޤަތުލްޢާންމުން ސަލާމަތްވުމަށް ބަންގުލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީން ދިރިއުޅެމުންދިޔަ ކޭމްޕެއްގައި އަލިފާން ރޯވެ ގިނަ އަދަދެއްގެ ޓެންޓުތައް އަނދައިފިއެވެ.
އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އަލިފާނުގެ މިހާދިސާގައި އެތައްސަތޭކަ ޓެންޓުވަނީ އަންދައިފައެވެ. މީގެއިތުރުން ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ބަޔެއް ހެލްތް ސެންޓަރުތައްވެސްވަނި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
މިހާދިސާއާއި ގުޅިގެން މިހާތަނަށް އަދި އެކަކުވެސް މަރުވިކަމަށް ރިޕޯޓުކޮށްފައި ނުވިނަމަވެސް މިހާދިސާއާއި ގުޅިގެން ބަޔަކު މަރުވެފައި ވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
Massive blaze in the #Rohingya #refugee camps
Video: Serajul Hoque. pic.twitter.com/RqLuGbL5Rx
— Shafiur Rahman (@shafiur) March 22, 2021
މައުލޫމާތު ލިބޭގޮތުގައި ރެފިއުޖީ ކޭމްޕުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވަނީ ހަތަރު ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދިވަނީ ނުހޯދިއެވެ.




