ވެނަޒިއުލާގެ ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖު ސަސްޕެންޑް ކޮށްފި

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ރަސްމީ ފޭސްބުކް ޕޭޖް 30 ދުވަހުގެ މުއްދަތައް ސަސްޕެންޑް ކޮށްފިއެވެ.

ފޭސްބުކް ކުންފުނިން ބުނީ ވެނަޒިއުލާގެ ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖާއި ދެކޮޅަށް މި ފިޔަވަޅުއެޅޭ އެކުންފުނީގެ ގަވާއިދުތަކާއި ހިލާފު ކޮވިޑް-19ގެ ދޮގުމައުލޫމާތު ފެތުރުމާއި ގުޅިގެން ކަމަށެވެ.

މަޑޫރޯގެ ރަސްމީ ފޭސްބުކް ޕޭޖް ސަސްޕެންޑް ކޮށްފައި މިވަނީ ކޮވިޑް-19ގެ ފަރުވާކަމަށްބުނެ ފަތްޕިލާވެލިން ހަދައިފައިވާ ބޭހެއް އެ ޕޭޖުން އާންމުކުރުމާއި ގުޅިގެންނެވެ.

ފޭސްބުކް ކުންފުނިންވަނީ މީގެކުރިންވެސް އެހެން ގައުމުތަކުގެ ރައީސުންނާއި ދެކޮޅަށްވެސް މިފަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕާއި އަދި ބުރެޒިލްގެ ރައީސް ފާހަގަ ކޮށްލެވެއެވެ. މި ދެބޭފުޅުންނާއި ދެކޮޅަށްވެސް ފިޔަވަޅު އަޅައިފައިވާ ސައްހަނޫން މައުލޫމާތު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައެވެ.

ފޭސްބުކް ކުންފުނީގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވެފައިވަނީ، މަޑޫރޯގެ ރަސްމީ ފޭސްބުކް ޕޭޖުން ކޮވިޑް-19ގެ ފަރުވާކަމަށްބުނެ އަޕްލޯޑް ކޮށްފައިވާ ވީޑިއޯ މިހާރު ފޮހެލައިފައިވާ ކަމަށާއި މިފަދަ މައުލޫމާތުގެ ސަބަބުން ބަޔެއްގެ ސިއްހަތަށް ގެއްލުން ލިބިދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެތައްވާހަކަތަކެއް މީސްމީޑިއާ ވެބްސައިޓުތަކުގައި އައްނަނީ ޝާއިއު ކުރަމުންނެވެ. އަދި މިފަދަ މައުލޫމާތުތައް ފެތުރުން ހުއްޓުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ