ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕަރަލް ހުސައިން ފާރިޝް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:40 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެއިތުރުން ގެއްލުނު ސިފައިންގެ މީހާ ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކު ގެނބިގެން ފަރުވާދެމުންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. އަދި އެމީހާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށްވެސް ވިދާޅުވިއެވެ.

ގެެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުގެ ޑައިވަރުން މިހާރުވެސް ދަނީ ކުރަމުންނެވެ.

މިހާދިސާ ހިނގާފައިވަނީ މަސް ހިފަން ސްނޯކްލިންގއަށް ގޮސް އުޅުމުގެ ތެރޭގައެވެ. އަދި މި ހަތަރު ސިފައިން ސްނޯކްލިންގއަށް ދިޔައީ ޑިއުޓީ އޮފް ގަޑީގައިކަމަށްވެސް އެމްއެންޑީއެފުންވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ