ވެރިރަށް މާލޭގެ މޭޔަރުކަމަށް އެންމެ ޤާބިލުބޭފުޅަކީ އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުކަމަށް ފިލްމީތަރި އަދި ޓިކްޓޮކްގެ މަޝްޙޫރު މަރްޔަމް ޝިފާ ބުނެފިއެވެ.
ޝިފާ އިންސްޓަގްރާމްގައި ޙިއްސާކުރި ވީޑިއޯއެއްގައި ބުނީ، އޭނާގެ ނަޒަރުގައި މާލޭގެ މޭޔަރުކަމަށް އެންމެ ޤާބިލުބޭފުޅަކީ ޑރ. މުއިއްޒު ކަމަށެވެ.
މާލޭގެ މޭޔަރުކަމަށް އެންމެ ޤާބިލުބޭފުޅަކީ ކޮބައިތޯ ޝިފާއަށް ކުރިމަތިވި މި ސުވާލަށް ޖަވާބު ދެމުން ބުނީ، އޭނާގެ މި ޖަވާބަކީ ވަކި މީހަކަށް ބުރަވެގެން ދީފައިވާ ޖަވާބެއް ނޫންކަމަށާއި، ނަމަވެސް ޑރ. މުއިއްޒު ޙިޔާރުކުރީ ލޮލަށް ފެންނަ ހުރި ސަބަބުތަކާއެކު ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށެވެ.

ޝިފާގެ އިތުރުންވެސް ރާއްޖޭގެ އެހެން ސެލެބްރިޓީންގެ މެދުގައިވެސް ޑރ. މުއިއްޒަކީ މަޤްބޫލް ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒުވެސްވަނީ ޑރ. މުއިއްޒަށް ތާޢީދު ކުރާކަން ހާމަކޮށްފައެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހްމީއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިހިނގާ އެޕްރީލް 10 ވަނަ ދުވަހެވެ.





3 Responses
ހަޖަމް ނުވީދޯ. ތިހުރީ ހަޖަމުކުރާބައި މައްސަލަޖެހިފަ. ދެންވެސް އަވަހަށް ޑޮކުޓަރަކަށް ދައްކައިގެން ހަޖަމުގެބައި ރަގަޅުވޭ ތޯބަލާބަލަ.
Kadagolaeh. 7 aharu ministerukamugai. Gaumu kaalee
ކަލޯ ގައުމުކާލީއޭ ގައުމުކާލީއޭ މައުތު ޓު މައުތު އަޑުއަޅާފަދޯ ހައްހައް 7 އަހަރުން ކޮށްފައިހުރި މަސައްކަތް ލޮލަށް ނުފެންނަމަ ދޭ އައިކެއަރ އަށް ފްރީކޮށް ނަމްބަރު ނަގައިދޭނެ